Last Updated: April 25, 08:39
Thursday, April 25, 2024
ޚަބަރު

އިސްލާމިކް މިނިސްޓަރު މެލޭޝިއާ އަށް

މެލެޝިއާގައި ބުރާސްފަތި ދުވަހު ފަށާ "އުލަމާ ކޮންފަރެންސް" ގައި ބައިވެރިވެވަޑައިގެންނެވުމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެ ގައުމަށް ފުރާވަޑައިގެންފި އެވެ.

ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކަށް ހާއްސަކޮށްގެން ބާއްވާ މި ކޮންފަރެންސް ކުރިއަށް ދާނީ، މެލޭޝިއާގެ ކުއަލަލަމްޕޫރުގަ އެވެ.
މިއީ ޑިޕާޓްމަންޓް އޮފް އިސްލާމިކް ޑިވެލޮޕްމަންޓް މެލޭޝިޔާ (ޖަކީމް) އާއި މުސްލިމް ވޯލްޑް ލީގުން އިންތިޒާމްކޮށްގެން ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ބައެއް ގައުމުތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އެގޮތުން ކޮންފަރެންސްގައި 17 ގައުމެއްގެ މުސްލިމް ލީޑަރުންނާއި ފާހަގަކޮށްލެވޭ ބޭފުޅުން ވާހަކަފުޅު ދައްކަވާނެ އެވެ.

"އުލަމާ ކޮންފަރެންސް" މަގުސަދުގެ ތެރޭގައި އުއްމަތުގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން ހަރުދަނާކުރުމުގެ އިތުރުން މުސްލިމް ލީޑަރުންނާއި މުޅި މުޖުތަމަޢުގެ މެދުގައި އެއްބައިވަންތަކަމާއި އިންސާފާއި ހަމަޖެހުމުގެ ތަސައްވުރަށް ހޭލުންތެރިކަން ފެތުރުން ހިމެނެ އެވެ.