Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ގާޑިޔާ ވިޔަފާރި އަށް މީދޫން ބިންތަކެއް ކުއްޔަށް

ދިވެހި އުފެއްދުންތައް ވިއްކަން ހާއްސަކޮށްގެން ހިންގާ ގާޑިޔާ ވިޔަފާރި އަށް އައްޑޫ މީދޫން ހަތަރު ބިމެއް ކުއްޔަށް ދޭން އިއުލާންކޮށްފި އެވެ.

ކައުންސިލުން ބުނީ ދޫކުރަން ނިންމީ 100 އަކަފޫޓްގެ ހަތަރު ބިން ކަމަށެވެ. އެއީ ތިން ސަރަހައްދަކުން ދޫކުރަން ނިންމާފައިވާ ހަތަރު ބިމެކެވެ.

މި ބިންތައް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 3 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. އަދި މިކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުން ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި މީދޫ އަވަށު އޮފީހުގައި އޮންނާނެ އެވެ.

އިތުރު މަޢުލޫމާތު 6895730 ނަންބަރަށް ގުޅައިގެން ހޯދޭނެ އެވެ.