Last Updated: April 16, 16:17
Tuesday, April 16, 2024
ޚަބަރު

ފެމިލީ ކޯޓު ވަގުތީ ގޮތުން ހިންގުން ގާޒީ މާހިރަށް

ގާޟީ އަލްއުސްތާޛު އިބްރާހީމް މާހިރު-

ފެމިލީ ކޯޓު ވަގުތީގޮތުން ހިންގުން އެކޯޓުގެ ޤާޟީ އަލްއުސްތާޛު އިބްރާހީމް މާހިރުއާ ހަވާލުކޮށްފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން ބުނެފައިވަނީ ފެމިލީކޯޓު ވަގުތީގޮތުން ހިންގުން އެކޯޓުގެ ޤާޟީ އިބްރާހީމް މާހިރުއާ ހަވާލުކުރުމަށް 2022 ޖޫން 28 ވަނަ ދުވަހު ބޭއްވުނު ޖޭއެސްސީގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

ފެމިލީ ކޯޓު ހިންގުން ގާޟީ މާހިރުއާ ހަވާލުކޮށްފައިވަނީ ފެމިލީކޯޓުގެ އިސްޤާޟީގެ މަޤާމުގައި ހުންނެވި އަލްއުސްތާޛާ ޙުޒައިފާ މުޙައްމަދު 2022 ޖޫން 27 ވަނަ ދުވަހުން ފެށިގެން ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަނުކުރެއްވުމާ ގުޅިގެންނެވެ.