Last Updated: April 25, 17:12
Thursday, April 25, 2024
ކުޅިވަރު

މިސްރުގެ ފުޓްބޯޅަ ތަރި ސަލާހް ރާއްޖޭގައި

މިސްރުގެ މަޝްހޫރު ފުޓްބޯޅަ ތަރި މުހައްމަދު ސަލާހު ރާއްޖެ އަށް ޗުއްޓީ އަށް އަތުވެއްޖެ އެވެ.

މުޅި ދުނިޔޭގައި ވެސް ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ 30 އަހަރުގެ ތަރި އަންހެނުންނާއި ދެ ދަރިންނާ އެކު ރާއްޖެ އަށް ކުރާ ޗުއްޓީ ދަތުރުގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް އޭނަގެ އިންސްޓަގްރާމާއި ޓްވިޓާގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ. އެކަމަކު ސަލާހު ޗުއްޓީ ހޭދަކުރަނީ ކޮން ރިސޯޓެއްގައި ކަމެއް ނޭނގެ އެވެ.

ބެލެވޭ ގޮތުން މި މަހުގެ 15 ގައި ފާހަގަކުރި އޭނަގެ 30 ވަނަ އުފަން ދުވަސް ވެސް ފާހަގަކުރީ ރާއްޖޭގެ ޗުއްޓީ ދަތުރުގެ ތެރޭގަ އެވެ. އުފަން ދުވަސް ފާހަގަކުރާ ފޮޓޯތަކެއް ވެސް ޕޯސްޓްކޮށްފައިވާ އިރު، އެންމެ ފަހުން ސަލާހް ރާއްޖޭގައި ނަގާފައިވާ ފޮޓޯއއް ޕޯސްޓްކޮށްފައި ވަނީ އިއްޔެ އެވެ. އޭގައި ފެންނަނީ އޭނަ ކޮޓަރީގެ އެނދުމަތީގައި އޮންނަ ތަނެވެ.

ސަލާހަކީ 2017 އިން ފެށިގެން މަޝްހޫރު އިނގިރޭސި ކްލަބް ލިވަޕޫލަށް ކުޅެމުން އަންނަ މީހެކެވެ. އޭނަ އަކީ އެ ޓީމްގެ ކެޕްޓަން ވެސް މެ އެވެ. ދެހާސް ތޭރައިގައި ކައިވެނިކުރި ސަލާހްގެ ތިބެނީ ދެ އަންހެން ކުދިންނެވެ.