Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

އާރްޓީއެލްގެ ހއ. ޒޯނުން އަގު ނަގާނީ ޖުލައި 3 ގައި

އެމްޓީސީސީން ފަށާފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ދަށުން ޒޯން އެކެއްގައި ހިމެނޭ ހއ. އަތޮޅުގެ ރަށްތަކަށް ކަނޑައަޅާފައިވާ ރަސްމީ އަގުތަކާ އެކު އަންނަ މަހުގެ 3 ގައި ދަތުރުތައް ފަށަން ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނީ މި ދަތުރުތައް ފެށުމާ އެކީ ޒޯން އެކެއްގައި ހިމެނޭ ށ. އަތޮޅު ފިޔަވައި އެ ޒޯންގައި ހިމެނޭ ހއ އާއި ހދ. އަތޮޅުގެ ދަތުރުތައް އެ އަތޮޅުތަކުގެ ރަށްތަކަށް ރަސްމީކޮށް ފެށުނީ ކަމަށެވެ.

އަގު ނަގައިގެން ރަސްމީކޮށް ހިދުމަތް ދޭން ފެށުމުގެ ކުރިން މި މަހުގެ 26 އިން ފެށިގެން އަންނަ މަހުގެ 2 އާ ހަމައަށް
ހިލޭ ދަތުރުކުރެވޭނެ ފުރުސަތު އޮތީ ހުުވާލައިފަ އެވެ. އެގޮރަށް ހަމަޖައްސާފައި އޮތީ ކަސްޓަމަރުން ޝެޑިއުލަށް އަހުލުވެރިކޮށް، ހިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.

އާރްޓީއެލްގެ އިން އަގު ނަގަން ފެށި ނަމަވެސް ތިން އަހަރުން ދަށުގެ ކުދިންނާއި އެންސްޕާގައި ރެޖިސްޓްރީވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އަތުން އެއްވެސް ފީއެއް ނުނަގާނެ އެވެ.