Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

ރާއްޖޭން ޙައްޖަށް ދާ ދެވަނަ ގްރޫޕް މިރޭ ފުރާނެ

މި އަހަރު ރާއްޖެއިން ޙައްޖަށްދާ ޙައްޖުވެރިންގެ ދެވަނަ ގްރޫޕް މިރޭ ފުރުމަށް ހަމަޖެހިއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޙައްޖުވެރިންނަށް ފަސޭހަކަމާއެކު އެއަރޕޯޓަށް ދިއުމުގެ އިންތިޒާމު ކަމާގުޅޭ މުއައްސަސާތަކާއެކު، ހަމަޖައްސާފައިވާއިރު މިރޭ ވެސް ޙައްޖާޖީންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަނޑައެޅިފައިވާ ބަސްޕޮއިންޓްތަކުގައި އެހީތެރިވެ ދިނުމަށް މީހުން ތިބޭނެ ކަމަށެވެ.

މިރޭ ޙައްޖުވެރިން އެއާޕޯޓަށް ގެންދިއުމަށް މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން ޖުމްލަ 24 ޕޮއިންޓެއް ވަނީ ކަނޑައަޅާފަ އެވެ.

ޙައްޖުވެރިންގެ ކަންތައްތަކުގައި މާލެއާއި ހުޅުމާލެ، އަދި އެއަރޕޯޓްތެރެއިންވެސް ކަމާގުޅޭ މުއައްސަސާތަކުން ދާނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިރޭ ޙައްޖުވެރިންގެ ފްލައިޓް ފުރާނީ ރާއްޖެގަޑިން 23:30 ގަ އެވެ.

ސައުދީ އެއާލައިންއިން ޙައްޖުވެރިންގެ ދަތުރު ހަމަޖެހިފައިވާއިރު މިރޭ 175 ޙައްޖާޖީން ފުރުމަށްވަނީ ހަމަޖެހިފަ އެވެ.