Last Updated: July 21, 18:02
Tuesday, July 21, 2026
ޚަބަރު

ހައްޖު ދުވަހަކީ އަންނަ މަހުގެ 8 ވަނަ ދުވަސް

މިއަހަރުގެ ހައްޖު ދުވަހަކީ އަންނަ ޖުލައި މަހުގެ 8 ވަނަ ދުވަސް ކަމަށް ސައުދީ ސަރުކާރުން ކަނޑައަޅައިފިއެވެ.

ހައްޖު މަހުގެ ހަނދު ސާބިތު ކުރުމަށް މިރޭ ބޭއްވި ހަފްލާއަށް ފަހު ސައުދީ ސަރުކާރުން ވަނީ މާދަމާ އަކީ ހައްޖު ދުވަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައަޅާފައެވެ. އެހެންވެ ހައްޖު ދުވަހަކީ ޖުލައި މަހުގެ 8 ވަނަ ދުވަހެވެ. އަދި މިފަހަރުގެ ހައްޖު ދުވަސް ދިމާވަނީ ހުކުރު ދުވަހާއިއެވެ. އީދު ދުވަހަކީ ހޮނިހިރު ދުވަހުއެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން ކުރުމަށް ސައުދީ ސަރުކާރުން ފުރުސަތު ދީފައިވަނީ 1 މިލިއަން މީހުންނަށެވެ.