Last Updated: March 29, 13:37
Friday, March 29, 2024
ޚަބަރު

ޔާމީން ޓްވީޓެއް ނުކުރާތާ ގިނަ ދުވަސްތަކެއް!

ޓްވިޓާ ބޭނުންކުރައްވަން ފެއްޓެވިތާ ކައިރީގައި ވަރަށް އާންމުކޮށް ޓްވީޓްކުރައްވަމުން ގެންދެވި ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އެއްވެސް ޓްވީޓެއް ނުކުރައްވާތާ ގިނަ ދުވަސްތަކެވެއްޖެ އެެވެ.

ޔާމީން އެންމެ ފަހުން ޓްވީޓެއްކުރެއްވީ މި މަހުގެ 9 ގަ އެވެ. އޭގެ ފަހުން އެއްވެސް ޓްވީޓެއްކުރައްވައިފައެއް ނުވެ އެވެ. ޔާމީން ޓްވިޓާ ބޭނުންކުރައްވަން ފެއްޓެވީ މިދިޔަ މަހުގެ 4 ގަ އެވެ.

ޓްވިޓާ ބޭނުންކުރައްވަން ފެއްޓެވިތާ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޔާމީންގެ ޓްވިޓާ އެކައުންޓް ވެރިކޮށްފައިވެ އެވެ. އަދި އެ އެކައުންޓް ފޮލޯކުރާ މީހުންގެ އަދަދަކީ މިހާރު 9،733 އެވެ. ޔާމީންގެ ޓްވީޓްތަކުން އެންމެ ބޮޑަށް ފާހަގަކުރެވުނީ އާދައިގެ މީހަކަށް ދޭހަވާ ފަދަ އިބާރާތްތަކަށް ވުރެ "ވަރުގަދަ" އިބާރާތްތަކުން ޓްވީޓްކުރައްވާކަމެވެ. އަދި މިކަމާ ހެދި ޓްވީޓްތަކަށް ވަރަށް ގިނަ ބަޔަކު ޖޯކް ޖަހައި، ފާޑު ވެސް ކިޔާފައިވެ އެވެ.

ރާއްޖޭގެ ސިޔާސީ ދާއިރާގެ ގިނަ ބަޔަކު އެންމެ އާންމުކޮށް ބޭނުންކުރާ ސޯޝަލް މީޑިއާ ޕްލެޓްފޯމަކީ ޓްވިޓާ އެވެ. އަދި މި ޕްލެޓްފޯމްވެފައި ސިޔާސީ މީހުން ޝުއޫރުތައް ފާޅުކުރުމާއި ސިޔާސީ ޒުވާބުތަކާއި އަރައިރުންތައް ހިންގާ މައިނާއްގެ ގޮތުގަ އެވެ.

ރައީސް ޔާމީނަކީ މިހާރު އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ވާދަކުރައްވަން ނިންމަވައިގެން ހުންނެވި ބޭފުޅެކެވެ. ގައުމުގައި މިހާރު ހިނގާ ނޭދެވޭ އެތައް ކަމަކާ ބެހޭ ގޮތުން ސިޔާސީ އެކިއެކި ބޭފުޅުން ގެންދަވަނީ ވަރަށް ހަރަކާތްތެެރިކޮށް ޓްވިޓާގައި ޝުއޫރުފާޅުކުރަމުންނެވެ. ނަމަވެސް މި ދަނޑިވަޅުގައި މުނާސަބު އެއްވެސް ކަމަކާ ޔާމީންގެ އަޑެއް ނީވޭތީ އެކަން ފާހަގަކުރާ މީހުން ވެސް މަދެއް ނޫނެވެ.