Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ދިރުވާލި ބްލެޓްތައް ނެރެވެންދެން ބަންދަށް

ރާއްޖެ އައި ނެދަލޭންސްގެ ދެ މީހަކު ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން އެ މީހުންގެ ބަނޑުގައި ހުރި ހުރިހާ ބްލެޓްތަލެއް ނެރެވެންދެން ބަންދުގައި ތިއްބަން އައިރު ހާޒިރުގައި ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

އެ ދެ ފިރިހެނުން މި ވަގުތު ތިބީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފަ އެވެ. އެ މީހުން ރާއްޖެ އެތެރެވީ ޖުމްލަ 240 ބްލެޓް ދިރުވާލައިގެންނެވެ. އެއީ ކޮންމެ މީހެއްގެ ބަނޑުގައި 120 ބްލެޓް އެކީގަ އެވެ. އެ އެއްޗެހި ނެރުމުގެ މަސައްކަތް މިހާރު ކުރެވެމުން އަންނަ އިރު، މިހާތަނަށް ނެރެވުނީ 25 ބްލެޓެވެ. އެއީ އެކެއްގެ ބަނޑުން 13 އާއި އަނެއް މީހާގެ ބަނޑުން 12 ބްލެޓެވެ.

އެހެންވެ ކޯޓުން އިއްޔެ ވަނީ ހުރިހާ ބްލެޓެއް ނެރެވެންދެން ދެ މީހުންގެ ބަންދަށް ފަސް ދުވަސް ދީފަ އެވެ. އަދި ބްލެޓްތައް ނެރެ ނިމުމުން އެ މީހުން ކޯޓަށް ހާޒިރުކުރަން ވެސް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވެ އެވެ.

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރުމަކީ ވަރަށް އާންމު ކަމެކެވެ.