Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

އެމެރިކާ އިން ކޮވިޑް ޓެސްޓް ކިޓްތަކެއް ހަދިޔާކޮށްފި

އެމެރިކާ އިން ރާއްޖެ އަށް 200،000 ކޮވިޑް-19 ގެ ޓެސްޓް ކިޓް ހަދިޔާކޮށްފި އެވެ.

ކުރިން ޓެސްޓް ކިޓްތަކެއް ހަދިޔާކުރި ގައުމުން މި ފަަހަރު ހަދިޔާކުރީ ނަތިޖާ ވަގުތުން ލިބޭ ރެޕިޑް އެންޓިޖެންޑް ޓެސްޓް ކިޓެވެ. މި ކިޓްތަކާ ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝާހު މާހިރެވެ.

އެމެރިކާއިން ކުރިން ރާއްޖެ އަށް 500،000 ފައިޒާ ވެކްސިން ވެސް ހިޔާކޮށްފައިވެ އެވެ. އަދި 7 މިލިއަން ޑޮލަރާއި 60 ވެންޓިލޭޓަރުގެ އިތުރުން، އެހެނިހެން ބައެއް އެހީތެރިކަންވެސް އެމެރިކާއިން ކޮވިޑާ ގުޅުވައިގެން ރާއްޖެ އަށް ހަދިޔާކޮށްފައިވެ އެވެ.