Last Updated: April 20, 17:52
Saturday, April 20, 2024
ޚަބަރު

ސައްލެ 10 މިލިއަންގެ ބަދަލެއް ހޯދަން ކޯޓަށް

މިދިޔަ ހަފުތާގައި އާންމުވި ވިޑިއޯއެއްގައި އެއްޖިންސުން ގުޅުން ހިންގާ ކަމަށް ބެލެވޭ މީހަކީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ) ކަމަށް "ދިޔަރެސް" ނޫހުން ރިޕޯޓްކުރުމާ ގުޅިގެން އޭނާ އަށް ލިބުނު ގެއްލުމުގެ ބަދަލަށް 10 މިލިއަން ހޯދަން މިއަދު ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

މައްސަލަ ހުށަހެޅީ "ދިޔަރެސް" ނޫހާއި އެ ނޫހުގެ މަސްއޫލުވެރިޔާ އަދި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދުއާ ދެކޮޅަށް ދައުވާކޮށް ދިނުމަށެވެ. ސައްލެ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އެ ނޫހުގައި މި މަހު 25 ގައި ޝާއިއުކުރި ހަބަރެއްގައި އޭނާއާ ގުޅުވައި، ގަސްދުގައި ދޮގު މައުލޫމާތު ފަތުރައި، ގެއްލުން ދިނުމުގެ މަގުސަދުގައި އެ ލިޔުން ޝައިއުކޮށްފައިވާތީ، އޭގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދުމަށް ސިވިލް ކޯޓަށް ދައުވާ ހުށަހަޅާފައިވާ ކަމަަށެވެ.

އަދި އެފަދަ އިލްޒާމެއް އަޅުވާފައި ވަނީ ކަމުގެ ހަގީގަތް އެއްވެސް ވަރަކަށް ސާފުކުރުމެއް ނެތި ކަމަށް ވެސް ބުނެފައިވެ އެވެ.

ސަލީމާ އެކު ނަސީރު.

"ދިޔަރެސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސައްލެ އެއްޖިންސުން ގުޅުން ހިންގާފައި ވަނީ އޭނާ ކުރިން ޑިރެކްޓަރެއްގެ ގޮތުގައި ހިއްސާވި ރާއްޖެ ޓީވީގައި މަސައްކަތްކުރި ނޫސްވެރިޔާ އަބްދުﷲ ނަސީރާ އެކީގަ އެވެ.