Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

ދެ ޝައިހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ޝައިހް ފަޒްލޫނާއި ނިޝާން

ޔޯގާ ދުވަސް ފާހަގަކުރަން މާލޭގެ ގަލޮޅު ދަނޑުގައި ބޭއްވި އިވެންޓްގެ ތެރެއިން ހިނގައި އިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެ ޝައިހުންގެ ބަންދުގެ މުއްދަތު މިއަދު އިތުރުުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ޝައިހް ފަޒްލޫން މުހައްމަދާއި ޝައިހް އާދަމް ނިޝާންގެ ބަންދުގެ މުއްދަތަށް ހަތް ދުވަސް ޖަހައި ދީފައިވެ އެވެ. އެ މީހުންގެ ބަންދުގެ މުއްދަތު މިއަދު އިތުރުކުރީ މި މަހުގެ 22 ގައި ހައްޔަރުކޮށް ބަންދަށް ޖެހި ހަތް ދުވަހުގެ މިއަދަށް ހަމަވާތީ އެކަމާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުންނެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ދެ ޝައިހުން އެކު މިހާތަނަށް ޖުމްލަ 21 މީހަކު ހައްޔަރުކޮށްފައިވެ އެވެ. އަދި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެ އެވެ.