Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

މަސްދަރު ހާމަކުރަން ޖެހޭ ބިލް ފާސްކޮށްފި

މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް އެކުލަވާލި ހެއްކާ ބެހޭ ބިލާ މެދު ނޫސްވެރިންނާއި ނޫސްވެރިން ތަމްސީލުކުރާ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް އެއިން ކަމަކަށް ރިއާޔަތްނުކޮށް އެ ބިލް މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ މިއަދު ޖަލްސާގައި ބިލު ފާސްކުރަން އެޖެންޑާކުރުމުން އެކަން މަޑުޖައްސައިލަދޭން ވެސް ޖަމިއްޔާތަކުގައި މަޖިލީހުގެ އެދުނެވެ. އަދި މިކަމާ ގުޅިގެން މިއަދު ހެނދުނު ނޫސްވެރިންތަކެއް މަޖިލީހުގެ އިދާރާ ކައިރި އަށް އެއްވެ ހިމޭން އިހުތިޖާޖެއް ވެސް ކުރި އެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބިލް މިއަދު ފާސްކުރާނެ ކަމަށާއި ނޫސްވެރިންގެ ކަންބޮޑުވުންތަކެއް މި ވަގުތަށް ހޯދައި ދެވޭނެ ހައްލެއް ނެތް ކަމަށެވެ. އަދި މިއަދު ބިލު ފާސްކުރި ނަމަވެސް، ފަހުން އެއާ މެދު ނޫސްވެރިންގެ ހުރ ކަންބޮޑުވުންތައް އިސްލާހެއްގެ ގޮތުގައި ހުށަހެޅިދާނެ ކަމަށް ވިދާޅުވި އެވެ.

މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް އޮތީ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގަ އެވެ. އެ މާއްދާގެ (ހ) ގައި ބުނެގައި ވަނީ މަސްދަރު ހާމަކުރުމުގެ ސަބަބުން އެ މީހާ އަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑުވާ ހާލަތްތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ކަމަށެވެ. އަދި ފަނޑިޔާރަށް ލިބިފައިވާ ބާރުގެ ތެރޭގައި މަސްދަރު ހާމަކުރަން ނޫސްވެރިންނަށާއި އޭނާ މަސައްކަތްކުރާ މީޑިއާއަށް ވެސް މަޖުބޫރު ކުރެވިދާނެ އެވެ.

އެހެންވެ މިއީ ނަމަ ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހައްގުތައް ހަނިވެގެންދާނެ ނޫސްވެރިން ތަމްސީލުކުރާ ޖަމިއްޔާތަކުން އަންނަނީ ބުނަމުންނެވެ.