Last Updated: April 19, 20:49
Friday, April 19, 2024
ޚަބަރު

މެމްބަރުން ހަމަނުވާތީ އެމްއެލްއެސްޑީޕީ އުވާލަނީ

އީސީގެ ރައީސް ފުއާދު ތައުފީގު - ފޮޓޯ: ރައީސް އޮފީސް

މެމްބަރުން ހަމަނުވާތީ މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އީސީން ބުނެފައިވަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނެފައިވާ 3000 މެމްބަރުން ހަމަކުރުމަށް މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީއަށް ދީފައިވާ މުއްދަތު ހަމަވިއިރުވެސް މެމްބަރުން ހަމަކުރެވިފައިނުވާތީ އެ ޕާޓީ އުވާލުމަށް ނިންމާފައިވާ ކަމަށެވެ.

އީސީގެ މި ނިންމުމާ ގުޅިގެން އެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންނާ މިއަދު ބައްދަލު ކޮށްފައިވާ ކަމަށް އީސީން ބުނެފައިވެއެވެ. އަދި ޕާޓީ އުވާލުމުގެ މަސައްކަތް އިޖުރާއަތު ފުރިހަމަ ކުރުމަށް ލިޔުމުން އަންގާފައިވާ ކަމަށް ވެސް އީސީން ބުނެފައިވެއެވެ.

މެމްބަރުން ހަމަނުވާ ޕާޓީތަކަށް 3000 މެމްބަރުން ހަމަ ކުރުމުގެ ފުރުސަތު އީސީން ދީފައިވަނީ ޖޫން 14 ވަނަ ދުވަހުގެ ނިޔަލަށެވެ.