Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

މޭޖާ އާޒިމް ޝަރަފުވެރިކަމާއެކު ރިޓަޔާކޮށްފި

މޭޖާ އިބްރާހިމް އާޒިމް-

34 އަހަރުގެ ހިދުމަތަށްފަހު މޭޖާ އިބްރާހިމް އާޒިމް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން، ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފިއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނުކަންވެސް ކުރެއްވި މޭޖާ އާޒިމް މިއަދު ވިދާޅުވީ، ސިފައިންގެ ހިދުމަތުގައި 34 އަހަރު ހޭދަކުރުމަށްފަހު، ޝަރަފުވެރިކަމާ އެކު މިއަދު ރިޓަޔަރ ކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑަށް އެހީތެރިކަން ފޯރުކޮށްދެއްވި އެންމެ ބޭފުޅުންނަށް ޝުކުރުވެރިވަން." އާޒިމް ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.

އާޒިމް ފާހަގަ ކުރެވިފައިވަނީ އެމްއެންޑިއެފްގެ ތަރުޖަމާންގެ ގޮތުގައި ހުންނެވިއިރު މީޑިއާއާ ގާތް ގުޅުމެއް ބޭއްވެވި ބޭފުޅެއްގެ ގޮތުގައެވެ.