Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

އެމްޑީޕީ ނޫންތާކުން ނުފެންނާނެ: ނަޝީދު

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ސަން އޮންލައިން/މުހައްމަދު މުޒައިން ނާޒިމް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީ ނޫން ޕާޓީއަކުން ދުވަހަކުވެސް ނުފެންނާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

"އާސްކް ސްޕީކާ" ޕްރޮގްރާމްގައި އާންމުންގެ ފަރާތަކުން ވަނީ ރައީސް ނަޝީދު 2023 ގައި އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި ކުރިމަތި ލައްވަފާނެތޯ ސުވާލު ކޮށްފައެވެ. އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ އެމްޑީއޭއާއެކު ކޯލިޝަން ހަދާފާނަންތޯވެސް ސުވާލު ކޮށްފައިވެއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ނޫންތާކުން ދުވަހަކުވެސް ނުފެންނާނެ ކަމަށެވެ.

"އަޅުގަނޑަކީ އެމްޑީޕީގެ މެމްބަރެއް."

ރައިސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ދުރުވިސްނޭ ފުޅާވިސްނުން ހޯދާނެ ޕާޓީއެއް ކަމަށެވެ. އަދި ރިޔާސީ ޕްރައިމަރީއަކަށް ދާއިރު ތިން ވަނަ ބޭފުޅެއް ހޯދުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިެއެވެ.

މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ ނިޒާމުގައި ކޯލިޝަން ހަދަން އުޅުން ރަނގަޅު ނޫން ކަމަށެވެ. އަދި ބަރުލަމާނީ އިންތިހާބަށްފަހު ސިޔާމްގެ ޕާޓީއާއެކު އެމްޑީޕީ ކޯލިޝަން ހަދާންޖެހިއްޖެނަމަ ހެދުން ބޭނުންތެރި ކަމަށެވެ.