Last Updated: March 28, 17:21
Thursday, March 28, 2024
ޚަބަރު

ގައުމުތަކާ ގުޅޭގޮތުން ނޭދެވޭ ވާހަކަ ދެއްކުން ރަނގަޅެއް ނޫން

ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ގައުމުތަކާ ގުޅޭގޮތުން ނޭދެވޭ ވާހަކަ ދެއްކުމަކީ ރަނގަޅު ކަމެއް ނޫންކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

"އާސްކް ސްޕީކާ" ޕްރޮގްރާމްގައި، ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭގޮތަށް "އިންޑިއާ އައުޓް" ހަރަކާތް މަނާކުރާ ކަމަށް ބުނެ އާންމުންގެ ފަރާތަކުން ވަނީ ރައީސް ނަޝީދާ ސުވާލު ކުރިމަތިކޮށްފައެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުން ހިޔާލުފާޅުކުރުމުގެ ހައްގު ހަނިކުރާތަނެއް ނުފެންނަ ކަމަށާއި ހިޔާލުފާޅު ކުރުމުގެ ހައްގު ހަނި ނުކުރާ ކަމަށެވެ.

ހިޔާލު ފާޅުކުރުމަކީ ހައްދެއް ނެތް މިންވަރަށް އޮތްކަމެއް ނޫންކަން ޤާނޫނުއަސާސީން އެނގޭ ކަމަށާއި އެގޮތުން އިސްލާމް ދީނުގެ އަސްލުތަކާ ހިލާފު ވާހަކަ ދެއްކުމާއި ދޭދޭ ގައުމުތަކާ ހާރިޖީ ގުޅުމަށް ބުރޫ އަރާކަންކަން ކުރުމަކީ ހިޔާލުފާޅު ކުރުމުގެ ނަމުގައި ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ހިޔާލުފާޅު ކުރުމަކީ ތަންމިނަށް އޮތް ކަމެއް ނޫން ކަމަށާއި އެެއީ ހުދޫދެއްގެ ތެރޭގައި އޮތް ކަމެއް ކަމަށެވެ. އަދި އަވަށްޓެރި ގައުމަކާ އަދި އެހެންވެސް ގައުމުތަކާ ގުޅުވާ ނޭދެނޭ ވާހަކަ ދެއްކުން ރަނގަޅު ނޫން ކަމަށް ވިދާޅުވިއެވެ. އިންޑިއާއަކީ ޒަމާނުއްސުރެއް ރާއްޖެއާ ގާތް އަދި ގުޅުން ރަނގަޅު އެންމެ ބަރޯސާވާންޖެހޭ ގައުމު ކަމަށް ވެސް ރައިސް ނަޝީދު ވިދާޅުވިއެެވެ.