Last Updated: March 29, 06:12
Friday, March 29, 2024
ޚަބަރު

އެމްޑީޕީ އަށް ޗާޓުން ބޭރުން ނުކުޅެވޭނެ: ޖަމީލު

ނޫސްވެރިންނާއި މީޑިއާތައް ތަމްސީލުލުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނީ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ހެއްކާ ބެހޭ ބިލް ފާސްކުރުމާ ގުޅިގެން އެމްޑީޕީ އަށް ޗާޓުން ބޭރުން ނުކުޅެވޭނެ ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ފާޑުވިދާޅުވެއްޖެ އެވެ.

އިއްޔެ މަލިޖީހުން ފާސްކުރި ބިލަށް އިޝާރާތްކުރައްވައި އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީން ކުރީގެ ރައީސް މައޫމުން އަބްދުލް ގައްޔޫމަށް ޖޯކްޖެހި ހުރިހާ ކަމެއް މިހާރު އިޔާދަކޮށްފި ކަމަށެވެ. ޖަމީލު އެ އިޝާރާތްކުރެއްވި ވެރިމީހާގެ އަތަށް ހުރިހާ ބާރެއް އޮންނަ ގޮތަށް ކަންކަން ކުރުމުގެ އުސޫލެވެ.

ޖަމީލު ވިދާޅުވި ގޮތުގައި މަސްދަރު ހާމަކުރަން މަޖުބޫރުކުރާ މާއްދާ އެކުލެވޭ ބިލް ވާނީ ބާތިލު އެއްޗަކަށެވެ.

"ގާނޫނު އަސާސީގެ 28 ވަނަ މާއްދާ ގާނޫނުގެ މައްޗަށް ޕްރިވެއިލްވާނެ،" އޭނާ ވިދާޅުވި އެވެ. "ދި އެކަން ގާނޫނުއަސާސީގެ 268 ވަނަ މާއްދާގައި ސާފުކޮށްދީފައިވޭ. ޗާޓުން ބޭރުން ނުކުޅެވޭނެ."

މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް އޮތީ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގަ އެވެ. އެ މާއްދާގެ (ހ) ގައި ބުނެގައި ވަނީ މަސްދަރު ހާމަކުރުމުގެ ސަބަބުން އެ މީހާ އަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑުވާ ހާލަތްތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ކަމަށެވެ. އަދި ފަނޑިޔާރަށް ލިބިފައިވާ ބާރުގެ ތެރޭގައި މަސްދަރު ހާމަކުރަން ނޫސްވެރިންނަށާއި އޭނާ މަސައްކަތްކުރާ މީޑިއާއަށް ވެސް މަޖުބޫރު ކުރެވިދާނެ އެވެ.

އެހެންވެ މިއީ ނަމަ ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހައްގުތައް ހަނިވެގެންދާނެ ނޫސްވެރިން ތަމްސީލުކުރާ ޖަމިއްޔާތަކުން އަންނަނީ ބުނަމުންނެވެ.

މި ބިލް މަޖިލީހުން އިއްޔެ ފާސްކުރީ އޭގައި ހުރި ކަންބޮޑުވުންތަކާ ހެދި ބިލް ފާސްކުރަން މަޑުޖައްސައިލަދޭން ނޫސްވެރިންނާއި އެ މީހުން ތަމްސީލުކުރާ ޖަމާއަތްތަކުން ގޮވާލާފައި ވަނިކޮށެވެ.