Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

އަލަމްގީރު؛ ތައުބާވެއްޖެއިން މައާފުކޮށްދީ

ތައުބާވެއްޖެ ކަމަށާއި އެހެންވެ ދިވެހި ރައްޔިތުން އޭނަ އަށް މައާފުކޮށްދިނުމަށް ރާއްޖޭގެ ފިރިހެނުންތަކަކާ އެކީ އެއްޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރު ބުނެފި އެވެ.

އޭނަގެ ފަރާތުން ނެރެފައިވާ ވީޑިއޯއެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ. އޭގައި 25 އަހަރުގެ ޒުވާނާ ބުނެފައި ވަނީ އޭނަ އަށް ކުރެވުނު ހުރިހާ ކަމަކީ ހެވާއި ނުބައި ވަކިކުރަން ނޭނގި ކުރެވުނު ކަންތައްތަކެއް ކަމަށެވެ. އެކަމަކު ކުރެވުނު ފާފަތަކަށް މިހާރު ތައުބާވެއްޖެ ކަމަށާއި އެހެންވެ އެދެނީ ރައްޔިތުންގެ މައާފު ކަމަށް ބުންޏެވެ.

"އަހަރެން ތައުބާވެއްޖެއިން. މި ރާއްޖޭ ހުރިހާ މީހުން އަހަރެން މާފުކޮށްދީބަލަ" އަލަމްގީރު ބުންޏެވެ.

ވެއިޓަރެއްގެ ވަޒީފާ އަށް ރާއްޖެ އައި އަލަމްގީރު ބުނި ގޮތުގައި އޭނަ އަކީ ވަރަށް ފަގީރު ވެސް މީހެއް ކަމަށެވެ. އޭނާ ރާއްޖޭގެ ނުފޫޒު ގަދަ ބަޔަކާއެކީ އެއްޖިންސުން ގުޅުން ހިންގާފައި ވަނީ އެފަދަ މީހުން ހޯދަން ހާއްސަ އެޕެއް މެދުވެރިކޮށް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. އަދި މި އަމަލު ހިންގާފައި ވަނީ އޯކިޑް މަގުގައި ހުރި ގެއެއްގެ ދެވަނަ ފަންގިފިލާގެ ކޮޓަރިއެއްގެ ތެރޭގަ އެވެ.

އަލަމްގީރްއާ އެކު ގުޅުން ހިންގާ މަންޒަރު ފެންނަ ދެ ވީޑިއޯ މިހާތަނަށް އާންމުވެފައިވެ އެވެ. އޭގެ ތެރެއިން އެއް ވީޑިއޯގައި ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ކަމަށް ބެލެވޭ ނާޒިމް ސައްތާރެވެ. އަނެއް ވީޑިއޯގައި ފެންނަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީގެ ދަރިފުޅު އައްފާން އަބްދުއްސައްތާރު ކަމަށް ބެލެވޭ މީހެކެވެ. އެކަމަކު އެ މީހުން ވީޑިއޯތަކުން ފެންނަނީ އެ މީހުން ނޫން ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން އަލަމްގީރްގެ ކޮޓަރީގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ހުރި ފޮޓޯތަކެއް އާންމުވެފައިވެ އެވެ. އަދި އެ ފޮޓޯތަކުގައި ފެންނަނީ ކާނަލް ކަމަށް އޭނާ އެއްބަސްވެފައިވެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަލަމްގީރު ވަނީ ރާއްޖޭގެ 42 މީހަކާ އެކީ އެއްޖިންސުން ގުޅުން ހިންގައި އެ މަންޒަރު ވީޑިއޯކޮށްފ އެވެ. އަދި އެއްޗެހި ބޭނުންކޮށްގެން ބްލެކްމެއިލް ވެސް ކޮށްފައިވާ ކަމަށްވެ އެވެ.

މި މައްސަލާގައި އަލަމްގީރް ފުލުހުންގެ އިދާރާ އަށް ވެސް ހާޒިރުކޮށްފައިވެ އެވެ.