Last Updated: April 25, 10:16
Thursday, April 25, 2024
ޚަބަރު

މޫދަށް އެރުނު ޒުވާނަކު މަރުވެއްޖެ، އިތުރު މީހަކު ސީރިއަސް

އދ. ފެންފުށީން މޫދަށް އެރިއުޅުނު ޒުވާނަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ ފެންފުށީން މޫދަށް އެރި އުޅުނު ދެ ޒުވާނަކު ގެއްލިގެން އުޅޭކަމުގެ މައުލޫމާތު މިއަދު ހަވީރު 6 ޖަހާކަށްހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށު ތުނޑީ ސަރަހައްދަށް އެރި އުޅެނިކޮށް ގެއްލުނު ދެ ޒުވާނުންގެ ތެރެއިން އެކަކު މިހާރު ނިޔާވެފައިވާ އިރު ދެވަނަ މީހާގެ ހާލު ސީރިއަސްއެވެ.

ފެންފުށީ ކައުންސިލްގެ މެމްބަރަކު ބުނީ މިއަދު އެރަށު ތުނޑީ ސަރަހައްދަށް މޫދަށް ދިޔަ ހަތަރު މީހެއްގެ ތެރެއިން ދެ މީހަކު ރާޅާއި އެކު ދަމައިގަނެ ގެއްލިފައިވާ ކަމަށެވެ.

އަދި އެމީހުން ހޯދަމުން ދަނިކޮށް ދެމީހުން ފެނުނު އިރު ދެމީހުންގެ ހާލުވެސް ސީރިއަސްއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ނިޔާވެފައިވަނީ އެއަތޮޅު ދިޔަމިގިލިއަށް ނިސްބަތްވާ 23 އަހަރުގެ ޒުވާނެކެވެ.