Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ޒަޔާންގެ މަރުގެ ތަހުގީގަށް ހުރަސް އެޅި މީހަކު ހައްޔަރަށް

މިދިޔަ މަހު އައްޑޫ ފޭދޫގައި ހިންގި މާރާމާރީއެއްގައި މަރާލި މުހައްމަދު ޒަޔާން މޫސާގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހެއްގެ ތަހުގީގަށް ހުރަސް އެޅި މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެކަމާ ގުޅިގެން ހައްޔަރުކުރީ 37 އަހަރުގެ މީހެއް ކަމަށެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ތުހުމަތަށް ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ކުޑަކުއްޖެއްގެ ތަހުގީގަށް ނުފޫޒު ފޯރުވައި ތަހުގީގަށާއި ފުލުހުންގެ މަސައްކަތަށް ހުރަސް އަޅައި ދަތިކުރާ މައްސަލައިގަ އެވެ. އެކަމަކު އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.

ފޭދޫގައި މިދިޔަ މަހުގެ 2 ވަނަ ދުވަހުގެ ރޭ ތޫނު އެއްޗެހި ބޭނުންކޮށްގެން ހިންގި މާރާމާރީގައި އެ އަވަށު ސޮލިޑް، ޒަޔާން، 21، މަރުވީ އޭނަ އަށް ލިބުނު ޒަހަމްތަކަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ފަރުވާދެމުން ދަނިކޮށް ޖެހިގެން އައި ދިުވަހު ހެނދުނު އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފައިވެ އެވެ. އޭގެ ތެރޭގައި 15 އަހަރާއި 16 އަހަރުގެ ކުއްޖަކު ވެސް ހިމެނެ އެވެ.