Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ލ. އަތޮޅުން އައްޑުއާ ހަމައަށް ވަޔާއި ކަނޑު ގަދަވާނެ

ހުޅުދޫގެ ޓޫރިޒަމް ޒޯނެއް.

ލ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް ބޯކޮށް ވާރޭ ވެހުމާ އެކު ވަައި ގަދަވެ، ކަނޑު ވެސް ގަދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.

އެތަނުން ވަނީ މި ސަރަހައްދަށް ހެނދުނު 10:15 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ. އެގޮތުން ބޯކޮށް ވާރޭވެހުމާ އެކު ގުގުރައި ގަޑިއަކު 22-27 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހި ވިލާގަނޑުގައި ގަޑި އަކު 45 މޭލަށް ވައި ގަދަވެ، ކަނޑު ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުންޏެވެ.

އެހެންވެ ވަކިން ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކޮށްފައިވެ އެވެ.

އައްޑު ރޭ ފަތިހުން ފެށިގެން ބޯކޮށް ވާރޭ ވެހިފައިވާ އިރު، އިއްޔެ ވަނީ ބައެއް އަވަށްތަކަށް ވަރަށް ބޮޑަށް އުދަ އަރައި ބޮޑެި ގެއްލުންތަކެއް ވެސް ވެފަ އެވެ.