Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އަލަމްގީރަށް ހައްގު އަދަބު ލިބެން ޖެހޭ: އިޔާޒް

ރާއްޖޭގެ ފިރިހެނުންތަކަކާ އެކީ އެއް ޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ ޒުވާނާ އާއި އޭނައާ އެކީ އެކަން ކުރި މީހުންނަށް ހައްގު އަބަދު ދޭން ޖެހޭނެ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެ އެވެ.

އެއްޖިންސުން ގުޅުން ހިންމުގައި އުޅުނު އަލަމްގީރް، 25، ތައުބާވެއްޖެ ކަމަށާއި ދިވެހި ރައްޔިތުންގެ ކިބައިން މައާފަދާ ވެސް އެދޭ ކަމަށް ބުނެ ބުރާސްފަތި ދުވަހުގެ ރޭ އާންމުކުރި ވީޑިއީ މެސެޖަށް އިޝާރާތްކޮށް އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ހިންގީ މުޖުތަމައުގެ އަހުލާގީ ފޭރާން ވީދިގެންދާ ފަދަ ހަޑިމުޑުދާރު އަމަލުތަކެއް ކަމަށެވެ.

"އެކަން ފަތުރާފައިވާތީ ދުނިޔަވީ ގޮތުން ލިބެންވާ އަދަބު މީނަ [އަލަމްގީރް] އަށާއި މީނާގެ ބައިވެރިންނަށް ދޭން ޖެހޭ." އޭނާ ވިދާޅުވި އެވެ.

އަލަމްގީރް ދެ މީހަކާ އެކު ގުޅުން ހިންގާ ވީޑިއޯތަކެއް މިހާތަނަށް އާންމުވެފައިވެ އެވެ. އޭގެ ތެރެއިން އެއް ވީޑިއޯގައި ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ކަމަށް ބެލެވޭ ނާޒިމް ސައްތާރެވެ. އަނެއް ވީޑިއޯގައި ފެންނަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީގެ ދަރިފުޅު އައްފާން އަބްދުއްސައްތާރު ކަމަށް ބެލެވޭ މީހެކެވެ. އެކަމަކު އެ މީހުން ވީޑިއޯތަކުން ފެންނަނީ އެ މީހުން ނޫން ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން އަލަމްގީރްގެ ކޮޓަރީގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ހުރި ފޮޓޯތަކެއް އާންމުވެފައިވެ އެވެ. އަދި އެ ފޮޓޯތަކުގައި ފެންނަނީ ކާނަލް ކަމަށް އޭނާ އެއްބަސްވެފައިވެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަލަމްގީރު ވަނީ ރާއްޖޭގެ 42 މީހަކާ އެކީ އެއްޖިންސުން ގުޅުން ހިންގައި އެ މަންޒަރު ވީޑިއޯކޮށްފ އެވެ. އަދި އެއްޗެހި ބޭނުންކޮށްގެން ބްލެކްމެއިލް ވެސް ކޮށްފައިވާ ކަމަށްވެ އެވެ.

މި މައްސަލާގައި އަލަމްގީރް ފުލުހުންގެ އިދާރާ އަށް ވެސް ހާޒިރުކޮށްފައިވެ އެވެ. އަދި އެ މައްސަލަ ބަލާ ކަމަށް ފުލުހުން ބުނި ނަމަވެސް މިހާތަނަށް އެއްވެސް މިހަކަށް އެއްވެސް ފިޔަވަޅެއް އަޅައިފައެއް ނުވެ އެވެ.