Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ހައްޖުވެރިންގެ ފަހު ގްރޫޕް މިރޭ ފުރަނީ

ރާއްޖެއިން ހައްޖަށްދާ ހައްޖުވެރިން- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިއަހަރު ރާއްޖެއިން ހައްޖަށްދާ ހައްޖުވެރިންގެ ފަހު ގްރޫޕް މިރޭ ފުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ހައްޖުވެރިންނަށް ފަސޭހަކަމާއެކު އެއަރޕޯޓަށް ދިއުމުގެ އިންތިޒާމު ކަމާގުޅޭ މުއައްސަސާތަކާއެކު، ހަމަޖައްސާފައިވާއިރު މިރޭވެސް ހައްޖާޖީންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަނޑައެޅިފައިވާ ބަސްޕޮއިންޓްތަކުގައި އެހީތެރިވެ ދިނުމަށް ބޭފުޅުން ތިއްބަވާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މިރޭ ހައްޖުވެރިން ފުރާއިރު، މޫސުން ގޯސްވެދާނެ ކަމަށްބަލާ ބަސް ދަތުރުކުރާ ރޫޓްތަކަށްވެސް ބަދަލު ގެނެސްފައިވާ ކަމަށެވެ.

މިރޭ 115 ހައްޖާޖީން ފުރުމަށް ހަމަޖެހިފައިވާއިރު ހައްޖުވެރިންގެ ފްލައިޓް ފުރާނީ ރާއްޖެގަޑިން 23:30 ގައެވެ. މި އަހަރު ރާއްޖޭން 453 މީހުން ހައްޖަށް ދެއެވެ.