Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ރާއްޖެއައި ފަތުރުވެރިންގެ އަދަދު 8 ލައްކައަށް ވުރެއް މައްޗަށް

މިއަހަރު މިހާތަނަށް ރާއްޖެއައި 8 ލައްކައަށް ވުރެއް ގިނަ ފަތުރުވެރން ޒިޔާރާތް ކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ޖުމުލަ 809،603 ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައިވެއެވެ.

މިއަހަރު ޖެނުއަރީ މަހު 131،764 ފަތުރުވެރިން، ފެބްރުއަރީ މަހު 149،008، މާޗް މަހު 150،748 ފަތުރުވެރިން އަދި އޭޕްރިލް މަހު 145،280 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތް ކޮށްފައިވެއެވެ. މީގެއިތުރުން މޭ މަހު 125،522 ފަތުރުވެރިން އަދި ޖޫން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް 107،281 ފަތުރުވެރިން ޒިޔާރާތް ކޮށްފައިވެއެވެ.

މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އެ ގައުމުން 119،967 ފަތުރުވެރިން ޒިޔާރާތް ކޮށްފައިވާއިރު އިނގިރޭސިވިލާތުން ވަނީ 96،176 ފަތުރުވެރިން އަދި ރަޝިޔާއިން 81،266 ފަތުރުވެރިން ޒިޔާރާތް ކޮށްފައިވެއެވެ. މީގެއިތުރުން ޖަރުމަނު، އިޓަލީ، އެމެރިކާ، ފްރާންސް، ސްވިޒްލެންޑް، ސައުދި އަރަބިއްޔާ އަދި ސްޕެއިނުން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވެއެވެ.

ރާއްޖޭގައި މިވަގުތު އޮޕަރޭޝަނަލް ގައި 57،339 އެނދު އެބަހުއްޓެވެ. އޭގެތެރޭގައި ހިމެނެނީ 164 ރިސޯޓުގައި 39،481 އެނދު، 841 ހޮޓެލް، ގެސްޓްހައުސްގައި 14،904 އެނދު އަދި ސަފާރީ އުޅަނދުފަހަރުގައި 2954 އެނދެވެ.