Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ބާ ކައުންސިލުގެ އެކްސްކޯއަށް ތިން މެންބަރުން އިންތިހާބުކޮށްފި

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ތިން މެމްބަރުން އިންތިހާބު ކޮށްފިއެވެ.

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ހޮވުމަށް ބޭއްވުނު އިންތިޚާބުގެ ދެވަނަ ބުރުގެ ރަސްމީ ނަތީޖާ ބާ ކައުންސިލުން އިއުލާނު ކޮށްފައިވާއިރު އެ ކައުންސިލްގެ އެކްސްކޯއަށް އިންތިހާބު ވެފައިވަނީ ޢަލީ ޢަބްދުއްލަޠީފް، ދީނާ ޙުސައިން އަދި ޢާއިޝަތު މުނީޒާއެވެ.

އަލީ އަބްދުއްލަތީފަށް 234 ވޯޓު ލިބުނުއިރު ދީނާ ހުސެއިނަށް 241 ވޯޓު އަދި އައިޝަތު މުނީޒާއަށް ލިބުނީ 171 ވޯޓު ލިބިފައިވެއެވެ. މި އިންތިހާބުގައި 884 މެންބަރުން ރަވޯޓުލުމަށް ޖިސްޓްރީވިއިރު، ވޯޓު ލާފައިވަނީ 402 މެންބަރުންނެވެ.

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ހޮވުމަށް ބޭއްވުނު އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމުލަ 5 ވަކީލުން ބައިވެރިވެފައިވެއެވެ.

މިދިޔަ މަހު ބޭއްވި ބާ ކައުންސިލްގެ އިންތިހާބުގައި އެ ކައުންސިލްގެ ރައީސަކަށް ވަކީލު އިސްމާއީލް ވިޝާމް އަދި ނައިބު ރައީސަކަށް މިޒްނާ އަހްމަދު އިންތިހާބު ކޮށްފައިވެއެވެ.