Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ހުޅުމާލޭގެ "މަސްޖިދު ރަޝީދު" ހުޅުވައިފި

ފޮޓޯ: ރައީސް އޮފީސް

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ މިސްކިތް، "މަސްޖިދު ރަޝީދު" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހުޅުވައިދެއްވައިފިއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ އެމަނިކުފާނު މި މިސްކިތް ހުޅުވައިދެއްވާފައި ވަނީ މިރޭ ބޭއްވި ރަސްމިއްޔާތެއްގައިކަމަށެވެ.

"މަސްޖިދު ރަޝީދު" އަކީ އަލް މަރްޙޫމް ޢަބްދުއްރަޝީދުގެ ހަނދާނުގައި ބިނާކޮށްފައިވާ މިސްކިތެކެވެ. މި މިސްކިތަކީ 1200 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތަކީ އަންހެނުންނަށް ވަކިން ނަމާދުކުރޭގޮތަށް އިންތިޒާމު ހަމަޖައްސާފައިވާ މިސްކިތެކެވެ.

މި މިސްކިތް ބިނާކޮށްފައި ވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރު.ސީ.ސީ) އިންނެވެ.

މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި، ނައިބު ރައީސް ފައިސަލް ނަސީމާއި އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.