ތ. ތިމަރަފުއްޓަށް އެދައެރުމާ ގުޅިގެން އެރަށު މަގުތަކުން ފެން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ ތިމަރަފުށްޓަށް އުދައެރުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ތިމަރަފުށީ މަގުތަކުގައި ޕަންޕު ބަހައްޓައިގެން މިއަދުން ފެށިގެން ހުއްޓުމެއްނެތި ފެން ހިއްކުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ.
ތިމަރަފުށިން ގެއްލުން ލިބެމުންދާ ބައެއް ގޭގޭގައި ވެލިބަސްތާ ޖަހައިދީ، އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ވެސް ސިފައިން ހަރަކާތްތެރިވާކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
މީގެއިތުރުން އުދައެރުމާ ގުޅިގެން ބައެއް ރަށްތަކަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން 10 ރަށަކަށް، 200 ގޯނި ފޯރުކޮށްދީފައިވާ ކަމަށްވެސް ބުނެފައިވެއެވެ.