މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް އެކުލަވާލި ހެއްކާ ބެހޭ ބިލު ތަސްދީގު ނުކޮށް އިސްލާހު ކުރުމަށް މަޖިލީހަށް ފޮނުވާލުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އެދިއްޖެއެވެ.
އެމްއެމްސީން އެކަމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވާފައިވަނީ މިދިޔަ ބްރާސްފަތި ދުވަހުއެވެ.
އެމްއެމްސީން ސިޓީގައި އެދިފައިވަނީ އެ ބިލު މިހާރު އޮތްގޮތުން ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ހަނިވެގެންދާތީ އެ ބިލް ތަސްދީގު ނުކުރައްވައި، މަޖިލީހަށް އަނބުރާ ފޮނުވާލެއްވުމަށެވެ.
މިދިޔަ ބްރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބިލު ފާސްކުރަން އެޖެންޑާކުރުމުން އެކަން މަޑުޖައްސައިލަދޭން ވެސް ޖަމިއްޔާތަކުގައި މަޖިލީހުގެ އެދުނެވެ.
މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް އޮތީ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގަ އެވެ. އެ މާއްދާގެ (ހ) ގައި ބުނެގައި ވަނީ މަސްދަރު ހާމަކުރުމުގެ ސަބަބުން އެ މީހާ އަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑުވާ ހާލަތްތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ކަމަށެވެ. އަދި ފަނޑިޔާރަށް ލިބިފައިވާ ބާރުގެ ތެރޭގައި މަސްދަރު ހާމަކުރަން ނޫސްވެރިންނަށާއި އޭނާ މަސައްކަތްކުރާ މީޑިއާއަށް ވެސް މަޖުބޫރު ކުރެވިދާނެ އެވެ.