Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ފުލުހުންނަށް މަރުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި

ފުލުހުން މަރައިލާނެ ކަމަށް ބުނެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އއ. ތޮއްޑު އަށް އުފަން 21 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ކޯޓުން ބަންދަށް ފަސް ދުވަސް ދީފައިވެ އެވެ.

ފުލުހުން ކޯޓްގައި ބުނެފައިވާ ގޮތުގައި މަރުގެ އިންޒާރު ދިން މީހާ ވަނީ ފުލުހުންތަކެއްގެ ހާޒިރުގައި ޑިއުޓީގައި އުޅުނު ފުލުހުންތަކަށް މަރުގެ އިންޒާރު ދީފަ އެވެ. އަދި އެކަމާ ގުޅޭ ހެކި ވެސް ފުލުހުން ކޯޓަށް ހުށަހަޅާފައިވެ އެވެ. ފުލުހުން ކޯޓްގައި އެދުނީ އޭނާ ދޫކޮށްފައި ބަހައްޓައިފި ނަމަ މުޖުތަމައަށް ނުރައްކާވެދާނެ ކަމަށް ބުނެ ބަންދުގައި ބެހެއްޓުމުގެ އަމުރަށެވެ.

ހައްޔަރުރުކުރި ޒުވާނާ ކޯޓްގައި ބުނީ ފުލުހުން އޭނާގެ މައްޗަށް ކުރަނީ ދޮގު ތުހުމަތެއް ކަމަށާއި ބަންދުގައި ބަހައްޓައިފި ނަމަ ސިއްހަތަށް ގެއްލުން ވެސް ވެދާނެ ކަމަށެވެ.