ލަގްޒަރީ ބްރޭންޑެއްގެ ގޮތުގައި މުޅި ދުނިޔޭގައި ވެސް މަޝްހޫރު އިޓަލީގެ "ބުލްގޭރީ" ގެ ރިސޯޓެއް ރާއްޖޭގައި ހުޅުވަން ނިންމައިފި އެވެ.
ރ. އަތޮޅުގައި 2025 ގައި މަތީ ފެންވަރުގެ ރިސޯޓެއްގެ ހުޅުވަން ނިންމާފައިވާ ރިސޯޓަށް ދީފައިވާ ނަމަކީ "ބަލްގޭރީ ރިސޯޓް ރަންފުށި" އެވެ. ވިހި ހެކްޓަރުގެ ރަށުގައި ތަރައްގީކުރާ މި ރިސޯޓަކީ 54 ކޮޓަރީގެ ތަނެކެވެ. އޭގެ ތެރޭގައި ހިމެނެނީ 34 ބީޗް ވިލާ އާއި 20 ވޯޓާ ވިލާ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ފުރައިގެން ސީޕްލޭނުގައި 45 މިނިޓުން ދެވޭ ރިސޯޓްގައި ހާއްސަ ރެސްޓޯރަންޓްތަކާއި ސްޕާ އާއި ފިޓްނެސް ސެންޓަރާއި ޔޯގާ ޕެވީލިއަން އާއި ޕްރައިވެޓް ލައިބްރަރީ ފަދަ ވަސީލަތްތައް ހުންނާނެ އެވެ.
ރާއްޖޭގައި ތަރައްގީކުރާ ރިސޯޓާ ބެހޭ ގޮތުން ބުލްގޭރީގެ ސީއީއޯ ޖިއަން ކްރިސްޓޯފް ބެބިން ވިދާޅުވީ ރާއްޖެ ފަދަ ޓޫރިޒަމް މަޝްހޫރު މަންޒިލެއްގައި ބަލްގޭރީގެ ރިސޯޓެއް ހުޅުވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި އަމާޒަކީ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ޓޫރިސްޓުންނަށް ދިނުން ކަމަށެވެ.
"ރާއްޖެ ފަދަ އެހާ މަޝްހޫރު ތަނެއްގައި އަހަރެމެންގެ ޕްރޮޕަޓީއެެއް ހުޅުވައި ހިދުމަތް ދޭން ފުރުސަތު ލިބުމަކީ ވަރަށް ފަހުރުވެރި ވެސް ވާ ކަމެއް." އޭނާ ވިދާޅުވި އެވެ.
ދެހާސް ފަންސަވީހުގައި "ބަލްގޭރީ ރިސޯޓް ރަންފުށި" އަމާޒު ހިފާފައި އޮތަސް ރިސޯޓް ހުޅުވާނެ ސީދާ ތާރީހެއް އަދި ހާމައެއްނުކުރެ އެވެ. ރާއްޖޭގައި ހުޅުވާ ރިސޯޓް ވާނީ ބަލްގޭރީގެ 17 ވަނަ ޓޫރިސްޓް ފެސިލިޓީއަށެވެ.
މީގެ 138 އަހަރު ކުރިން އުފެދުނު ބަލްގޭރީ އަކީ އާއި ފެޝަނާއި ސެންޓާއި ގަހަނާ އަދި ގަޑި ފަދަ ސާމާނަށް މަޝްހޫރު ބްރޭންޑެކެވެ.