ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒުނާ އަހުމަދު ހައްޖުގެ އަޅުކަމަށް މާދަދާ ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރައީސް އޮފީހުން ބުނީ އެ ދެ ބޭފުޅުން ސައުދީ އަރަބިއްޔާ އަށް ފުރާވަޑައިގަންނަވާނީ މާދަމާ ހެނދުނު ކަމަށެވެ.
ރާއްޖޭން މި އަހަރު ހައްޖުގެ އަޅުކަން އަދާކުރާ މީހުންގެ މިހާރު ވަނީ ސައޫދީ އަށް ގޮސްފަ އެވެ. އެގޮތުން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ތިން ގްރޫޕަކަށް ހައްޖުވެރިން ފުރި އިރު، ފަހު ގްރޫޕް ފުރީ ރޭގަ އެވެ. ރާއްޖެ އަށް މިހާރު ހައްޖު ކޯޓާގެ ގޮތުގައި ލިބުނީ 453 ފުރުސަތެވެ.
1443 ވަނަ އަހަރުގެ އަމީރުލް ޙައްޖު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ޙައްޖަށް ފުރާ ވަޑައިގެންފި pic.twitter.com/hfe2jkjNER
— Ministry of Islamic Affairs (@MVIaffairs) July 3, 2022
މި އަހަރު އަމީރުލްހައްޖުގެ މަގާމަށް ސަރުކާރުން ކަނޑައެޅީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ. އޭނާ ސައުދީ އަށް ފުރާވަޑައިގެންނެވީ މިއަދު އެވެ. މިނިސްޓަރާ އެކީ އަނބިކަނބަލުން ވެސް ފުރާވަޑައިގެންނެވި އެވެ.