Last Updated: June 12, 05:41
Friday, June 12, 2026
ޚަބަރު

އަމީނީ މަގުގައި ތާރުއަޅަން އާރްޑީސީއާ ހަވާލުކޮށްފި

އަމީނީ މަގު ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާ ހަވާލުކޮށްފިއެވެ.

މިމަސައްކަތް އާރްޑީސީއަށް ހަވާލުކޮށްފައިވަނީ 84،414،546.83 ރުފިޔާއަށް 210 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މި މަސައްކަތުގެ ދަށުން 1.7 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި މަގުގައި ފެންހިންދާ ނިޒާމް ގާއިމްކުރުމާއި މަގުގައި މަގު ބައްތިޖަހާނެއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ސޮއި ކުރެއްވީ ޕަރމަނަންޓް ސެކްރަޓަރީ ޒީނިޔާ އަޙްމަދު ހަމީދުއެވެ. އަދި ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކެވެ.