Last Updated: June 12, 05:41
Friday, June 12, 2026
ޚަބަރު

ގޯސް އިންޖެކްޝަނެއް ޖެހި މީހާގެ ހާލު ރަނގަޅު

އައްޑޫ ފޭދޫ ހެލްތު ސެންޓަރުގައި މީހެއްގެ ގަޔަށް ގޯސް އިންޖެކްޝަނެއް ޖެހި މައްސަލައެއް ފެންމަތި ވެއްޖެއެވެ.

އެކަމާ ގުޅިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނެފައިވަނީ ފޭދޫ ހެލްތު ސެންޓަރުގައި ޑޮކްޓަރު ޖަހަން އިރުޝާދު ދެއްވި އިންޖެކްޝަން ނޫން އިންޖެކްޝަަނެއް ބަލިމީހާ ގަޔަށް ޖެހިފައިވާ ކަމަށެވެ.

އެއާއެކު ބަލިމީހާގެ ހާލު ގާތުން ބެލުމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެނެސް އެނދުމަތި ކުރެވިފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

ހޮސްޕިޓަލުން ބުނެފައިވަނީ ބަލިމީހާގެ ހާލު ރަނގަޅު ކަމަށާއި މިހާދިސާ މިހާރު ރިވިއު ކުރަމުންދާ ކަމަށެވެ. އަދި މިހާދިސާގެ މައުލޫމާތު ނާސިންގ ކައުންސިލާވެސް ހިއްސާ ކުރެވިފައިވާކަމަށެވެ.