ހިޔާ ފްލެޓް ސަރަހައްދުގައި ޕޮލިސް ސްޓޭޝަނެއް ހުޅުވައިފިއެވެ.
މި ޕޮލިސް ސްޓޭޝަން ހުޅުވާފައިވަނީ ހިޔާގެ H4 ވަނަ ޓަވަރުގައެވެ.
ހުޅުމާލެ ހިޔާ ސަރަހައްދުގައި ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމީއްޔާތު މިރޭ ބާއްވާފައިވާއިރު މި ޕޮލިސް ސްޓޭޝަން ހުޅުވާދެއްވާފައިވަނީ ހޯމް މިނިސްޓްރީގެ ސްޓޭޭޓް މިނިސްޓަރު އަލީ ނަޒީރު އާއި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލްމައްނާން ޔޫސުފެވެ.
We are delighted to announce the commencement of Hulhumale' Phase II Police Station. This is an important milestone in enhancing policing efforts to expand and improve accessibility to the public. pic.twitter.com/CNmV966viV
— Maldives Police (@PoliceMv) July 3, 2022
މި ޕޮލިސް ސްޓޭޝަން ހުޅުވުމާ ގުޅޭގޮތުން ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިއީ ރައްޔިތުންނާ ގާތުން ފަސޭހަކަމާ އެކު ފުލުހުންގެ ހިދުމަތް ދިނުމަށް މުހިންމު ފެށުމެއް ކަމަށެވެ.