އައްޑޫ ގަމުގައި ގާއިމުކޮށްފައިވާ އާ ފްލައިން ސްކޫލް ހިންގުމުގެ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން މިހާރު ރަސްމީކޮށް ދީފައިވާތީ އެތަނުގެ ދަރިވަރުންގެ ކޯހުގެ ޕްރެކްޓިކަލް ބައިތައް މި މަހުގެ 10 ގައި ފަށާ ގޮތަށް ހަމަހައްސަޖައިފި އެވެ.
މޯލްޑިވްސް އޭވިއޭޝަން އެކަޑެމީގެ ދަށުން އުފައްދާފައިވާ އާ ފްލައިން ސްކޫލަކީ އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އާއި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގުޅިގެން އުފެއްދި ތަނެކެވެ. އަދި އެ ފްލައިން ސްކޫލް ހިންގަނީ ޗެކް ރިޕަބްލިކްސްގެ ފްލައިން އެކަޑެމީއާ ގުޅިގެންނެވެ.
އެތަނުގެ ކޯސްތަކުގެ ޕްރެކްޓިކަލް ބައި ފެށުމުގެ ތައްޔާރީތަކާ ބެހޭ ގޮތުން އޭވިއޭޝަން އެކަޑެމީން ނެރުނު ބަޔާނެއްގައި ބުނީ ފްލައި ސްކޫލްގެ ހުއްދަ ދީފައި ވަނީ އެތަނުގައި ފުރިހަމަކުރަން ޖެހޭ ހުރިހާ އިންސްޕެކްޝަންތަކެއް ހަދައި ނިންމުމަށް ފަހު ކަމަށެވެ.
ޕްރެޓިކް ބައި ފުރަތަމަ ކުރިއަށް ގެންދާނީ 35 ދަރިވަރަކާ އެކީގަ އެވެ. އެއީ ކުރިން ގަމުގައި ސްރީ ލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) ގައި ކޯސް ހަދަމުން ދިޔަ ދަރިވަރުންގެ ތެރެއިން އެތަން ހުއްޓާލި އިރު، ތިބި 35 ދަރިވަރެކެވެ. މި ދަ ދަރިވަރުންގެ ރިފްރެޝަނާ ޕްރޮގްރާމް އާ ފްލައިން ނިންމައި މިހާރު ތިބީ، ފްލައި ފުރިހަމަކުރަން ތައްޔާރަށެވެ.
އޭވިއޭޝަން އެކަޑެމީން ބުނީ އެތަނުގެ ފުރަޔަމަ ބެޗްގައި ހިމެނޭ 35 ދަރިވަރުންގެ އިތުރުން ދެވަނަ ބެޗްގައި ހިމެނޭ 39 ދަރިވަރެއްގެ ރިފްރެޝާ ޕްރޮގްރާމް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މި މަހުގެ ތެރޭގައި ތިން ވަނަ ބެޗެއްގެ ރިފްރެޝާ ޕްރޮގްރާމް ވެސް ފަށަން ވަނީ ހަމަޖައްސައިފަ އެވެ.
އޭވިއޭޝަން އެކަޑެމީން ބުނީ އުންމީދަކީ މި އަހަރު ނިމުމުގެ ކުރިން 74 ދަރިވަރެއްގެ ރިފްރެޝާ ޕްރޮގްރާމް ފުރިހަމަކުރުން ކަމަށެވެ.