ރާއްޖެ އަށް ބިދޭސީ މަސައްކަތްތެރިން ގެނައުމަަށް ހާއްސަކޮށްގެން ސަރުކާރުން ހަދާފައިވާ ޕޯޓަލް ނަކަލުކޮށްގެން ފޭކް ޕޯޓަލްތަކެއް ހިންގަމުންދާތީ އެކަމަށް ސަމާލުވާން އިލްތިމާސްކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ރޭ ބުނީ އެތަނުގެ އެކްސްޕެޓް އޮންލައިން ސިސްޓަމަކީ ބިދޭސީން ގެނައުމާއި ގުޅޭ ކޯޓާ އާއި ވަޒީފާ އަދާކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމަށް ހަދާފައިވާ ޕޯޓައެއް ކަމަށާއި އޮޅުވާލައިގެން މިހާރު ޕޯޓަލް/ވެބްސައިޓްތައް ހިންގަނީ މިނިސްޓްރީގެ ޕޯޓަލްއާ ވީހާވެސް އެއްގޮތަށް، އާއްމުންނަށް އޮޅޭ ގޮތަށް ކަމަށެވެ. އަދި މިފަދަ އެއްޗެހި ފަރުމާކޮށް ވަނީ ޔޫޒާ އެކައުންޓާއި އެހެނިހެން ޒާތީ މައުލޫމާތު ހޯދައި، އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެހެންވެ މިކަމަށް ސަމާލުވާން އިލްތިމާސްކޮށް އިިކޮނޮމިކް މިނިސްޓްރީން ވަނީ ފޭކް ބައެއް ސައިޓްތައް ފާހަގަ ވެސް ކޮށްފަ އެވެ.
* https://immigrationgovmv.org
* https://xpat-egovmv.com
* https://xpategov.com
* https://www.xpat-gov.com
* https://www.xpat-egov.online
* https://xpategovmv.org
މިނިސްޓްރީގެ ރަސްމީ ޕޯޓަލްގެ ލިންކަކީ https://xpat.egov.mv އެވެ.