ސަރުކާރުން ހަރަދުކުޑަރަން ގޮވާލި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާ ގިނައިން ތަންތަނަށް ދަތުރުކުރައްވާ ކަމަށް ވިދާޅުވެ މާވަށު ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ސައީދު ފާޑުވިދާޅުވެއްޖެ އެވެ.
ރައީސްގެ ދެކަނބަލުން މިއަދު ހައްޖަށް ވެސް ފުރާވަޑައިގެންފައިވާތީ އެކަމާ ވެސް ގުޅުވައި ކުރީގެ އިކޮނޮމިކް މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އުޅުއްވަނީ އެއްތާކު ދެ ފައި މަޑުނުޖެއްސެވިގެން ކަމަށެވެ.
2ވަނަބޮޑު ހަނގުރާމައިގެ ދުވަސްވަރު ދައުލަތުގެ ޚަރަދުބަރަދު ބެލެހެއްޓި ގޮތްވެސް ރ ޞާލިޙަށް ބަޔަކު އޮޅުންފިލުވައި ދޭންއެބަޖެހޭ. އިރުއިރުކޮޅާ ތަންތަނަށް ފުރަފުރައިގެން ނުގޮސް ދެފައިއެއްތާކުޖެހޭނެ ދުވަހެއްލިބުމުން މިކަން އަވަސްކުރަންޖެހޭ pic.twitter.com/4PhUV4ruBB
— Mohamed Saeed (@em_saeed) July 4, 2022
ސައީދު ވިދާޅުވި ގޮތުގައި ދެވަނަ ބޮޑު ހަނގުރާމައިގެ ބޮޑުތަދުގެ ތެރޭގައި ވެސް ސަރުކާރުގެ ހަރަދުތައް ބެލެހެއްޓި ގޮތް ވެސް ބަޔަކު ރައީސް ސޯލިހަށް އޮޅުން ފިލުވައިދޭން ޖެހެ އެވެ.
"އިރުއިރުކޮޅާ ތަންތަނަށް ފުރަފުރައިގެން ނުގޮސް ދެފައި އެއްތާކު ޖެހޭނެ ދުވަހެއް ލިބުމުން މިކަން އަވަސް ކުރަން ޖެހޭ." އޭނާ ވިދާޅުވި އެވެ.
ރައީސް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ރުވާންޑާ އަށް ވެސް ވަޑައިގެންނެވި އެވެ.