މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަމިއްލަ ޖިންސީ ގުނަވަން ބުރިކޮށްލަން އުޅުނު ފިރިހެން މީހާ އަށް ލިބުނު ޒަހަމްތަކަށް ފަރުވާ ދެނިކޮށް ރޭ މަރުވެއްޖެ އެވެ.
ހުޅުމާލޭގައި ބިދޭސީން އުޅޭ ތަނެއްގައި ހިނގި ހާދިސާގައި މަރުވި މީހާ އަކީ ބަންގްލަދޭޝްގެ 31 އަހަރުގެ މީހެކެވެ. އޭނަގެ ޖިންސީ ގުނަވަން ހިމެނޭގެން ހަށިގަނޑުގެ ތިން ތަނަކަށް ތޫނު އެއްޗަކުން ގެއްލުން ދީފައިވެ އެވެ. އަޑު އަރާފައިވާ ގޮތުން އޭނާ ޖިންސީ ގުނަވަން ބުރިކޮށްލަން އުޅެމެ ނަފުސަށް ގެއްލުންދޭން އުޅުނީ ލޯބިވެރިޔާއާ ޖެހުނު މައްސަލައަކާ ހެދި އެވެ.
ފުލުހުން ބުނި ގޮތުގައި އެ މީހާ ރޭ އިރާކޮޅު މަރުވީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ. އަދި އެ ހާދިސާއާ އިރުރު އެއްވެސް މީހަކާ ގުޅުމެއް ނެތް ކަމަށް ފުލުހުން ބުންޏެވެ.