Last Updated: April 18, 11:00
Thursday, April 18, 2024
ޚަބަރު

ޓްރެއިލް ރަން އައްޑޫ އީދު ފެސްޓިވަލުގެ ތެރެއިން

އައްޑޫ ޓްރެއިލް ރަންގެ ތެރެއިން: ފޮޓޯ - އައި ރަނަރސް

މި މަހުގެ 9 ޖުލައި އިން ފެށިގެން 11 ޖުލައިގެ ނިޔަލަށް އައްޑޫ ސިޓީ މީދޫގައި ކުރިއަށްގެންދިޔަ އައްޑޫ އީދު ފެސްޓިވަލްގައި ރާއްޖޭގެ ފުރަތަމަ ޓްރެއިލް ރަން ވަނީ އިފްތިތާހުކޮށްފި އެވެ.

އައި ރަނަރސް އިން ކުރިއަށްގެންދިޔަ މި ޓްރެއިލް ރަންގައި އައްޑޫގެ އެހެން އަވަށްތަކުގެ މީހުންވެސް ވަނީ ބައިވެރިވެފައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުންވެސް މި ރަންގައި މީހުން ބައިވެރިވެފައިވާއިރު، މި ރަން އަކީ ރާއްޖޭގައި ވެސް ބޭއްވުނު މިފަދަ ފުރަތަމަ ރަންކަން ފާހަގަކޮށްލެވެ އެވެ.

ޓްރެއިލް ރަން އަކީ ގުދުރަތުގެ ރީތިކަމުގެ ތެރޭގައި ކުރިއަށްގެންދާ ދުވުމެކެވެ. މި ރަންގައި އެއްވެސް ޕޭވްމެންޓެއް މަތިން ނުދުވާނެ އެވެ. އައްޑޫގައި ބޭއްވި ޓްރެއިލް ރަންގައި 5 ކިލޯމީޓަރާއި، 10 އަދި 15 ކިލޯމީޓަރުގެ ދުވުން ކުރިއަށް ގެންގޮސްފައި ވެ އެވެ. އަދި މި ރަންގައި މީދޫ މަތިކިޅި އިކޯ ގާޑެން އަދި މީދޫގެ ބީޗުތަކުގައިވެސް ދުވުންތެރިން ވަނީ ދުވެފައެވެ.

މި އަހަރުގެ ރަން ނިންމި ފަރާތްތަކަށް އައި ރަނަރސްގެ ފަރާތުން މެޑަލްވެސް ވަނީ ހަވާލުކޮށްފަ އެވެ. މި އިވެންޓަކީ އީދު ފެސްޓިވަލްގެ އެންމެ ފޯރިގަދަ އެއް އިވެންޓުކަން ފާހަގަކޮށްލެވެ އެވެ.

އައްޑޫ ޓްރެއިލް ރަން ނިންމާ ފަރާތްތަކަށް ދިން މެޑަލް: ފޮޓޯ – އައި ރަނަރސް

އައި ރަނަރސް އިން ކުރިއަށް ގެންދިޔަ މި ކާމިޔާބު ދުވުން ކުރިއަށް އޮތް އަހަރުވެސް މީދޫގައި ކުރިއަށް ގެންދެވޭނެ އެވެ.

އައްޑޫ އީދު ފެސްޓިވަލަކީ މީދޫ ޑައިނަމިކް ކޮމިއުނިޓީއާއި މީދޫގެ ޖަމްޢިއްޔާ ޖަމާޢަތްތައް ގުޅިގެން ސ.މީދޫގައި ކުރިއަށްގެންދިޔަ އީދު ފެސްޓިވަލެކެވެ. މި ފެސްޓިވަލަކީ އައްޑޫގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު އެއް އީދު ފެސްޓިވަލްކަން ފާހަގަކޮށްލެވެ އެވެ.
.