އެމްޓީސީސީގެ ބަހަކާއި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މާލޭގެ ދުވާ ޓްރެކާ ސަރަހައްދާ ދިމާލުން ބޭރުމަގުގައެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ މިއެކްސިޑެންޓްގެ މައުލޫމާތު 18:09 ގައި ފުލުހުންނަށް ލިބިފައިވާކަމަށެވެ. އަދި މި އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވެފައިވާކަމަށާއި، އެމީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
#HappeningNow pic.twitter.com/j74SKZgDv1
— SHAFRAZ (Voice.mv) 🇲🇻 (@XefroX) July 4, 2022
މި އެކްސިޑެންޓުގައި ކާރަށާއި ބަހަށް ވެސް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.