އެމްޑީޕީ އުފެއްދުމުގެ އެއް ބާނީ މުހައްމަދު ލަތީފު (ގޯގޯ ލަތީފު)ގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މިރޭ އިޝާ ނަމާދަށް ފަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ލަތީފްގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ.
އެމްޑީޕީގެ އެއް ފައުންޑަރ މެންބަރު އަދި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި ގިނަ މަސައްކަތްތައް ކޮށްދެއްވި މުޙައްމަދު ލަޠީފަށް ޣައިބަށްކުރެވޭ ކަށުނަމާދު މިރޭ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގަ އޮންނާނެ.1/2 pic.twitter.com/J1sRCaaXiQ
— MDP Secretariat (@MDPSecretariat) July 4, 2022
ލަތީފް އަވަހާރަވިއިރު އުމުރުފުޅަކީ 70 އަހަރެވެ.
އެމް.ޑީ.ޕީގެ ބާނީ ކަމުގައިވާ ގޯގޯ ލަތީފު އަވަހާރަވީ ހިތާއި ކިޑްނީ ބައްޔަށް ފަރުވާ ކުރަމުން ދަނިކޮށް އިއްޔެ ހެނދުގެ ވަގުތެއްގައެވެ.