Last Updated: June 12, 05:41
Friday, June 12, 2026
ޚަބަރު

އެކްސިޑެންޓްގައި އަނިޔާވި އެކަކު ނިޔާވެއްޖެ

މިއަދު މާލޭގައި އެމްޓީސީސީގެ ބަހަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އެކަކު ނިޔާވެއްޖެއެވެ.

މި އެކްސިޑެންޓްގައި އަނިޔާވި އެކަކު ނިޔާވެފައިވާކަން ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ.

ފުލުހުން ބުނެފައިވަނީ މި އެކްސިޑެންޓްގައި ހަ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ހަތަރު އަންހެނުންނާއި ދެ ފިރިހެނުންނެވެ. އަދި އޭގެ ތެރެއިން އެކަކު ނިޔާވެފައިވާ ކަމަށާއި، ނިޔާވެފައިވަނީ އަންހެނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި އެކްސިޑެންޓްގައި އަނިޔާވި މީހުންނަށް އަންނަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ބުނެފައިވަނީ މިހާތަނަށް ބެލިބެލުމުން މި އެކްސިޑެންޓް ހިނގާފައިވަނީ އެކުވެނި ދަނޑުކައިރި ބޭރުމަގުން ދުއްވާފައިދިޔަ ކާރެއް އެމަގުން ދިޔަ އެހެން ކާރެއްގައި ޖެހި ކޮންޓްރޯލް ނުވެގެން ގޮސް ބަހުގައި ޖެހިގެން ކަމަށެވެ. މިމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.