ޕިކަޕަކާއި ބަހެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނެފައިވަނީ ހައިވޭއިން ހުޅުމާލެ އަރާ ހިސާބުގައި ޕިކަޕަކާއި ބަހެއްޖެހި އެކްސިޑެންޓް ހިނގާފައިވާ ކަމުގެ މައުލޫމާތު މިރޭ 20:21 ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މި އެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މިއަދު އިރުއޮށްސުނު ވަގުތުވެސް ކާރަކާއި ބަހެއް ޖެހި ވަނީ އެކްސިޑެންޓެއް ހިނގާފައެވެ. މި އެކްސިޑެންޓްގައި އެކަކު ނިޔާވެފައިވެއެވެ.