އަލަށް އުފަންވާ ކުދިންނަށް ހާއްސަކޮށްގެން އެސްޓީއޯ ދެމުން އަންނަ ހަދިޔާ ޕްރޮގްރާމްގެ ތެރެއިން މިދިޔަ މަހު ޖުމްލަ 241 ހަދިޔާ ދީފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މި ހަދިޔާތައް އެސްޓީއޯ އިން ދެނީ ކުދިން އުފަންވާ ހޮސްޕިޓަލްތައް މެދުވެރިކޮށެވެ. އެގޮތުން ޖޫން މަހު އެންމެ ގިނަ ހަދިޔާ ދީފައި ވަނީ އައިޖީއެމްއެޗް މެދުވެރިކޮށެވެ. އެއީ 71 އެވެ. ދެން އެންމެ ގިނަ ހަދިޔާ ދިނީ ޓްރީ ޓޮޕް ހޮސްޕިޓަލް މެދުވެރިކޮށެވެ. އެއީ 50 އެވެ. ތިން ވަނަ އަށް އެންމެ ގިނަ ހަދިޔާ ދިނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް މެދުވެރިކޮށެވެ. އެއީ 37 އެވެ.
ތިޔަ އާއިލާތަކަށް އިތުރުވި ކުޑަކުޑަ ތުއްތު ދަރިފުޅަށް ވަރަށް ދުޅަހެޔޮ ސިއްހަތަކަށް އެދެން 🤗
ވަރަށް ބޮޑަށް މަރުހަބާ! pic.twitter.com/6J9GPmIyKw— STO (@stoplc) July 3, 2022
ޖޫން މަހުގެ ތެރޭގައި ހަދިޔާ ދީފައި ވަނީ ނުވަ ހޮސްޕިޓަލެއް މެދުވެރިކޮށެވެ.