Last Updated: July 18, 13:21
Saturday, July 18, 2026
ކުޅިވަރު

ރޭޕަކާ ހެދި ފުޓްބޯޅަ ކުޅުންތެރިޔަކު ހައްޔަރުކޮށްފި

ޕްރީމިއާ ލީގްގައި ވެސް ކުޅޭ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއަކު ރޭޕްގެ މައްސަލައެއްގައި އިއްޔެ އިނގިރޭސިވިލާތުން ހައްޔަރުކޮށްފި އެެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިނގިރޭސިވިލާތުގެ މެޓްރޮޕޮލިޓަން ފުލުހުން އިއްޔެގެ ވަގުތެއްގައި އުތުރު ލަންޑަނުން ހައްޔަކުރީ 29 އަހަރުގެ ކުޅުންތެރިއެކެވެ. އެކަމަކު އޭނަގެ ވަނަވަރެއް ހާމައެއްނުކުރެ އެވެ. މިކަމާ ގުޅޭ ގޮތުން ފުލުހުން ނެރުނު ކުރު ބަޔާނެއްގައި ބުނެފައި އޮތީ ފުޓްބޯޅަ ކުޅުންޔެރިއެއްގެ މައްޗަށް ކުރެވުނު ރޭޕްގެ ތުހުމަތަކާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޓެލެގްރާފުން ބުނި ގޮތުގައި އެ ކުޅުންތެރިޔާ ހައްޔަރުކުރީ 20 އަހަރުގެ އަންހެނަކު އޭނަގެ މައްޗަށްކުރި ރޭޕްގެ ތުހުމަތަކާ ގުޅިގެންނެވެ. އެ ހާދިސާ ހިނގާފައިވާ ކަމަށް ބުނެފައި ވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ.

އެހެންވެ ކުޅުންތެރިޔާ ހައްޔަރުކޮށް މައްސަލަ މިހާރު ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން އަންނަ ކަމަށް ބުންޏެވެ. ރިޕޯޓްތައް ބުނާ ގޮތުން ރޭޕްގެ ތުހުމަތުކުރެވުނު ކުޅުންތެރިޔާ އަކީ ނޮވެމްބަރު މަހު ގަތަރުގައި ފަށާ މި އަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ އިނގިރޭސި ސްކޮޑް ވެސް ހިމެނޭ ކުޅުންތެރިއެކެވެ.

މީގެ ކުރިން ވެސް މަޝްހޫރު ބައެއް ކުޅުންތެރިންގެ މައްޗަށް ރޭޕްގެ ތުހުމަތުކޮށްފައިވެ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެކަކީ ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އެކަމަކު އޭނަގެ މައްޗަށް މިހާތަނަށް ކުށް ސާބިތުވެފައެއް ނުވެ އެވެ.