ރާއްޖޭގެ އެކި ހިސާބުތަކުގައި ހަދާފައިވާ ޓާފް ދަނޑުތަކަށް ބޭނުންވާ ޑްރޭގް ބްރަޝް މެޝިންގެ ތެރެއިން އިތުރު 25 ރަށަކާ އެ އިއްޔެ ހަވާލުކޮށްފި އެވެ.
25 ރަށެއްގެ ފުޓްބޯޅަ ދަނޑު ތަކަށް ބޭނުންވާ ޑްރެގް ބްރަޝް މެޝިން ހަވާލުކުރުން pic.twitter.com/ZbPfZxsBxX
— Ministry of Youth,Sports and Community Empowerment (@MoYSCEmv) July 4, 2022
މިނިސްޓްރީގެ ފަރާތުން އެ ތަކެތި އިއްޔެ ހަވީރު ހަވާލުކުރީ ދާއިރާތައް ތަމްސީލުކުރާ މެމްބަރުންނާ އެވެ. އަދި އެ ތަކެތި ވަރަށް އަވަހަށް ރަށްރަށް ފޮނުވާނެ އެވެ.
ޔޫތު މިނިސްޓްރީ އިން ތަރައްގީކޮށްފައިވާ 25 ފުޓުބޯޅަ ދަނޑަކަށް ބޭނުންވާ ޑްރޭގް ބްރަސް މެޝިން މިއަދު ވަނީ ހަވާލުކުރެވިފަ.
މީގެ ކުރިން 13 ރަށަކަށް ވަނީ ފޮނުވިފަ. ދަނޑު ތަރައްގީ ކުރަމުންދާ އެހެން ރަށްރަށަށް ބޭނުންވާ މެޝިންވެސް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން. pic.twitter.com/mt20neGXeM— Ahmed Mahloof (@AhmedMahloof) July 4, 2022
ޔޫތު މިނިސްޓްރީން ބުނި ގޮތުގައި ކުރިން 13 ރަށަކަށް ޑްރޭގް ބްރަޝް މެޝިން ހަދިޔާކޮށްފައިވާ އިރު، މިހާރު ޓާފް ދަނޑުތައް ހަދަމުން އަންނަ އިތުރު ރަށްރަށަށް ބޭނުންވާ މެޝިންތައް ވެސް ގެނައުމުގެ މަސައްކަތް މިހާރު އަންނަނީ ކުރެވެމުންނެވެ.