މާލޭ ރައްޔިތުންނަށް ހިލޭ ގޯތި ދޭން ނިންމި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އެކަމަކީ އެންމެ އިންސާފުވެރިކޮށް ކުރާ ކަމެއްތޯ ބެލުމަށް މައްސަލަ މަޖިލީހަށް ވެއްދީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ. އޭނަ ވެއްދި މި މައްސަލަ އަކީ މާލޭ ރައްޔިތުންނަށް ހިލޭ 3،000 ގޯތި ދޭން ނިންމުމާ ގުޅިގެން ވެއްދި މައްސަލައެކެވެ. މި ގޯތިތަކުގެ ތެރެއިން 2،000 ގޯއްޗަކީ ގުޅިފަޅުން ދޫކުރަން ހަމަޖެހިފައިވާ ގޯއްޗެކެވެ. ބާކީ 1،000 ގޯއްޗަކީ ހުޅުމާލޭން ދޫކުރަން ނިންމި ގޯތިތަކެވެ.
މި ގޯތިތަކަށް ކުރިމަތިލާން ސަރުކާރުން ހުޅުވައިލީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.
ބޯހިޔާވެހިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން މާލެ އޭރިއާއިން ހިލޭ ގޯތި ދޫކުރުމަކީ އެންމެ ރަނގަޅު އަދި އެންމެ އިންސާފުވެރިކަމާއެކު ކުރެވިދާނޭކަމެއް ކަމުގަައި އަޅުގަނޑަށް ނުފެންނާތީ، އެކަން ބައްލަވައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ސިޓީ. pic.twitter.com/QxBVnqLBH5
— Moosa Siraj (@MoosesSiraj) July 5, 2022
މިކަމާ ގުޅިގެން ސިރާޖު މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ދައުލަތުގެ ދަަރަނި ބޮޑުވެފައިވާ ހާލަތެއްގައި ލައްކައެއްހާ މީހުންގެ އާބާދީގެ ތެރެއިން 5،000 އާއިލާާ އަށް 48 ބިލިއަން ރުފިޔާގެ އަގު ހުރި ބިން ހިލޭ ދިނުމަކީ ބޮޑު ބޭއިންސާފެއް ކަމަށް ދެކޭ ކަމަށެވެ.