Last Updated: July 16, 18:01
Thursday, July 16, 2026
މުނިފޫހިފިލުވުން

ދެ އުމްރާ އަށް ފަހު ސަނާ ހައްޖަށް

ފިލްމު ކުޅުން ހުއްޓާލި ފަހުން ދެ ފަހަރެއްގެ މަތިން އުމުރާގެ އަޅުކަން އަދާކޮށްފައިވާ ބޮލީވުޑްގެ ކުރީގެ ބަތަލާ ސަނާ ޚާންގެ ދެމަފިރިން ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާ އަށް ގޮސްފި އެވެ.

ދެމަފިރިންގެ މި ދަތުރުގެ ތެރެއިން ނަގާފައިވާ ބައެއް ވީޑިއޯތައް ސަނާގެ އިންސްޓަގްރާމްގައި ވެސް ޕޯސްޓްކޮށްފައި އެވެ. ސަނާ ފިލްމު އެކްޓިންއާ ދުރުވެ، އިންޑިއާގެ މުފްތީއެއް ކަމަށްވާ އަނަސް ސައްޔަދާ ކައިވެނިކުރީ 2020 ގެ ފަހުކޮޅު އެވެ.

ދެމަފިރިން އެކީގައި އެންމެ ފަހުން އުމްރާ އަށް ދިޔައީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ ސަނާ އާއި އަނަސް މިދިޔަ އަހަރުގެ އޮގަސްޓް މަހު ޗުއްޓީ އަށް ރާއްޖެ ވެސް އަ އެވެ.

ފިލްމު ކުޅުން ހުއްޓާލައި ބުރުގާ އެޅުމަށް ފަހު ސަނާގެ ހެދުން އެޅުން ވެސް ވަނީ އެއްކޮށް ބަދަލުކޮށްފަ އެވެ. ސަނާ އެންމެ ފަހުން ކުޅުނު ފިލްމަކީ ހާއްސަ ފެނިލުމެއް ކުޅުނު އަކްޝޭ ކުމާރުގެ 2017 ގެ "ޓޮއިލެޓް: އޭކް ޕްރޭމް ޚަތާ" އެވެ. އޭނަ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި ހައްލާ ބޯލް (2008)، ޖޭ ހޯ (2014) އަދި ވަޖާ ތުމް ހޯ (2016) ހިމެނެ އެވެ.

ރިއަލީޓީ ޝޯތަކުގެ ތެރެއިން ކަލާޒްގެ "ބިގް ބޮސް" އާއި "ހަތުރޯން ކޭ ކިލާޅީ" ގައި ވެސް ސަނާ ވާދަކޮށްފައިވެ އެވެ.

ސަނާ ބުނީ ހައްޖުގެ އަޅުކަން އަދާކުރުމަކީ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށާއި މިކަން ފަހިކޮށްދެއްވީތީ ހެއްދެވި ފަރާތަށް ޝުކުރު ވެސް އަދާކުރާ ކަމަށެވެ.