ސަރުކާރުގެ ހަރަދު ކުޑަނުކޮށް ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑު ކުރުމަކީ ހައްލެއް ނޫން ކަމަށް ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ޖީއެސްޓީ އާއި ޓީޖީއެސްޓީގެ ގޮތުގައި ނަގާ މިންވަރު ބޮޑުކުރުމަށް ނިންމާފައިވާކަން ހާމަކުރުމާއި ގުޅިގެން، ފަޒުލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރުގެ ހަރަދު ކުޑަނުކޮށް ރައްޔިތުންގެ އަތުން ޓެކްސްގެ ގޮތުގައި 8% ނެގުމަކީ ހައްލެއް ނޫން ކަމަށެވެ.
ފަޒުލް ވިދާޅުވީ ތަކެތީގެ އަގު ބޮޑުވަމުންދާއިރު ޑޮލަރުގެ އަގު ބްލެކް މާކެޓްގައި އުފުލޭނެ ކަމަށެވެ.
"މިއޮތީ އެބުނާ އިގްތިސޯދީ ބޫމް އައިސްފަ." ފަޒުލް ވިދާޅުވިއެވެ.
Sarukaaruge haradhu kuda nukoh raiyithun ge athun 8% negumakee halleh nun. Thaketheege agu aramun dhaairu dollaru ge agu black market ga adhives ufuleyne. Mi othee ebunaa igthisaadhee boom aissa…
— Mp Fazul Rashyd (@FaZuLRaShYd) July 5, 2022
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ޖީއެސްޓީ އާއި ޓީޖީއެސްޓީ އަންނަ އަހަރު ބޮޑު ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށާއި އޭގެ ސަބަބުން އިންފްލޭޝަން މައްޗަށް ދާނެ ކަމަށެވެ.
ޖީއެސްޓީ ބޮޑުކުރުމަށް ނިންމާފައިވަނީ %6 އިން %8 އަށެވެ. އަދި ޓީޖީއެސްޓީ ބޮޑުކުރުމަށް ނިންމާފައިވަނީ %12 އިން %16 އަށެވެ.